- Advertisement -ad image

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނީ އިސްލާމީ ޝަރިއަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ހިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް އޮންނަން ޖެހޭނީ އިސްލާމީ ޝަރިއަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ކަމަށާއި ހެއްކެއް ގަރީނާއެއް ނެތި، ބަޔަކު ބަދުނާމު ކުރުމުގެ ނުބައި ނިޔަތުގައި ކުރާ ކަންކަމާއި، ދައްކާ ވާހަކަތަކަކީ މީހާ ނަރަކަވަންތަވެރިއަކަށް ވުމަށް ފުދި އިތުރުވާނެ އަމަލެއް ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ “މުއާމަލާތް ކުރުމުގެ އަހްލާގު” އެވެ.
އެގޮތުން ހުތުބާގައި ބުނީ އިސްލާމް ދީން އަހަރެމެންނަށް ގޮވައިލާ މަތިވެރި ކަންކަމުގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތު ކުރާއިރު, އެމީހުންގެ ރަޢުޔަށާއި ހިޔާލަށް އިހްތިރާމް ކުރުން ހިމެނޭ ކަމަށެވެ.
އަދި އޮފީހެއްގެ ވެރިއެއް ކަމުގައި ވިޔަސް މުއައްސަސާއެއްގެ ވެރިއެއް ކަމުގައި ވިޔަސް, މެނޭޖަރަކަށް ވިޔަސް, އޭނާގެ ދަށުގައި މަސައްކަތް ކުރާ މީހުންގެ ހިޔާލަށާއި ރައުޔަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައުވެއެވެ.
ދޭދޭ ފަރުދުންގެ މެދުގައި ސީދާކޮށް ކުރެވޭ މުއާމަލާތުގެ އިތުރުން ނުސީދާކޮށް ކުރެވޭ މުއާމަލާތަކީވެސް އިސްލާމީ މިންގަނޑަށް ފެތޭ އެއްޗަކަށް ހަދަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ތަނެއް ކުރިއަރާނީ, އެތަނެއްގެ އެންމެންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި އިސްލާމް ދީން ގޮވާލަނީ މުޢާމަލާތް ކުރުމުގައި އަހްލާގީ މިންގަނޑުތަކަށް ތަބާވުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ