- Advertisement -ad image

ޕީޕީއެމް/ޕީއެންސީ ކޯލިޝަން މާޒީކުރީ އަދި ކުރާނީ ރާއްޖޭގެ ސިޔާސީ ތާރީހު ރަންއަކުރުން ލިޔާ ދުވަސްތަކެއް: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމް/ޕީއެންސީ ކޯލިޝަން މާޒީ ކުރީ އަދި ކުރާނީ ކުރު މުއްދަތެއްގައި ރާއްޖޭގެ ސިޔާސީ ތާރީހު ރަންއަކުރުން ލިޔާ ދުވަސްތަކެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ 12 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެންމެހާ މެންބަރުންނަށާއި ލީޑަރުންނަށް ޝިޔާމް ވަނީ ތަހުނިޔާ ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ.
ޝިޔާމު ވިދާޅުވީ ޕީޕީއެމްގެ ލޮބުވެތި މެންބަރުންނަށް ފަށްފަށުން ހިތުގެ ޚާލިސް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި ޕީ.ޕީ.އެމް ގެ 12 ވަނަ އަހަރީ ދުވަސް ބައްދަލުކުރި އިރު ރައްޔިތުންނަށް އެންމެބޮޑު އުންމީދެއް ގެނެސް ދެނީ ދިވެހީންގެރާއްޖޭގެ ވެރިކަން ކުރެއްވުމަށް ޑރ.މުހައްމަދު މުޢިއްޒު ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައްޔިތުން ޚިޔާރުކުރެއްވި ކުރެއްވުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“ މިއަދު އަޅިގަނޑުމެންނަށާ މުޅި ޕާޓީއަށް ލިބޭ އެންމެ ބޮޑު ހިތާމައަކީ ރައީސް ޔާމީން ޙައްޤުނޫން ޙުކުމެއްގައި ޝަރީޢަތްތައް ކުރިޔަށް ނުގެންދެވި ހައްޔަރުގައި ހުންނަވާ ހުންނެވުން. އެމަނިކުފާނުގެ ހައިކޯޓު އިސްތިޢުނާފު އަޑުއެހުންތައް ކުރިޔަށް ނުގެންދެވި ލަސްވާ ލަސްވުމަކީ ބަލައިގަނެވޭ ކަމެއްްނޫން “ ޝިޔާމް ވިދާޅުވިއެވެ.
މެންބަރު ޝިޔާމް އިތުރަށް ވިދާޅުވީ ޕީ.ޕީ.އެމްގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕްރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ އިންތިޚާބީ ރައީސް ޑރ. މުއިއްޒުއަށާއި ⁦‪ޕާޓީގެ‬⁩ ގެ ރައީސް، ރައީސް ޔާމީންއަށާއި ޕާޓީގެ ސެނެޓަށާ ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުން އަދި ސަޕޯޓަރުންނަށް އަރިސްކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ