- Advertisement -ad image

ކޮންމެ ނިންމުމަކުން ހާމަވަނީ ރައީސް ޔާމިނަކީ މައުސޫމް ބޭފުޅެއްކަން: ޝުޖާއު

ad image

ގުޅުންހުރި ލިޔުންތައް


ކޮންމެ ނިންމުމަކުންވެސް މިއަދު އެނގި ހާމަވަމުންދަނީ ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއްކަން ކަމަށް ހުޅުމާލެ ދާއިރާގެ ޕީޕީއެމް ކައުންސިލަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ގޭބަންދުންވީއްލައި މާލެ ބަންދުގައި ބެހެއްޓުމަކީ ވެސް އަނިޔާއެއް ކަމަށެވެ.
“ ރައީސް ޔާމީންގެ މައްޗަށް ޝަކީލު އިއްވީ ހަރާމް ހުކުމެއް. އަލީ ރަޝީދުވެސް އިއްވީ ހަރާމް ހުކުމެއް.ރައީސް ޔާމިނަކީ މައުސޫމް ބޭފުޅެއްކަން މިދަނީ ހާމަވަމުން” ޝުޖާއު ވިދާޅުވިއެވެ.
‏ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރެއްވި ޝުޖާއު ވިދާަލުވީ ރައީސް ޔާމިނަށް ދެމުންގެންދާ އަނިޔާއަށް ނިމުން ގެނުވީ ރައްޔިތުން ނުކުމެ އިންތިޚާބީ ރައީސް ޑރ މުއިއްޒު އަށް ދެއްވި ވޯޓުން ކަމަށެވެ.
އެގޮތުން 2018 ގެ ފަހުން ބޭއްވި ހުރިހާ އިންތިޚާބު ތަކެއްގައި ރައީސް ޔާމީން މިސަރުކާރުން ބޭއްވީޖަލުގައި އަނިޔާގާ ކަމަށާއި އެ އަނިޔާ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ޤައުމު ދެކެ ލޯބިވާ އެންމެހައި ރައްޔިތުންގެ ހިތުގަ ޖެއްސި ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
“ އޭގެ ނަތީޖާ އަކީ އެމް.ޑީ.ޕީގެ މައްޗަށް ޕީ.ޕީ.އެމް/ޕީ.އެން.ސީ ކާމިޔާބު ހޯދުން.މިއަދަކީ އެދުވަސް.الحمد اللہ “ ޝުޖާއު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ