- Advertisement -ad image

ރައީސް ޔާމީންގެ ޝަރީޢަތްތައް ހުއްޓުވާފައި ބާއްވާ ބޭއްވުމަކީ ދޭ އެންމެ ބޮޑު އަނިޔާ: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ޝަރީޢަތްތައް ހުއްޓުވާފައި ބާއްވާ ބޭއްވުމަކީ ދޭ އެންމެ ބޮޑު އަނިޔާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ރަށު ބަންދަށް ބަދަލުކުރުމަކީ މާކުރިންވެސް ކޮށްދެވެން އޮތް ކަމެއް ކަމަށެވެ.
އަދި ބެއިލްވެސް މީގެ ކުރިން ކޯޓުތަކުގައި ހުރީ ޕްރެސްޓިސް ކޮށްފައި ކަމަށާއި ރައީސް ޔާމީނާ ހިސާބުން މިކަންކަން ދަންނަކަމަކަށް ނުހެދި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“ ރަށުބަންދެއްވެސްނޫން އެއީ. ބޭސްފަރުވާއަށް ދިން ކުޑަ ލުޔެއް. އެހެންނޫނަސް ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް “ ޝިޔާމް ވިދާޅުވިއެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، އެމަނިކުފާނު ގެއަށް ބަދަލު ކޮށްފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާކާމިޔާބުވުމުން، އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމެއްގެ މަތިން މި މަހުގެ އެއްވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޢިބޫޗޯރަކީ އަނިޔާވެރި އިޔަހޫދީ މީހެއް އޭނަކުރާނީ އެއްމެނަށްވެސް އަނިޔާ މިސާލަކައްބަލަމާ އިޒުރޭލުގެ ބޮޑވަޒީރު އޭނަގެ އަމަލުތަކާ ޗޯރުގެ އަމަލުތައް ބަލަމާހިގާ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ