- Advertisement -ad image

ނިމިގެން މިދަނީ އެންމެ ހުތުރުކޮށް ޑިމޮކްރަސީއަށް މަލާމާތްކުރި ފަސް އަހަރު: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް


ނިމިގެން މިދާ ފަސް އަހަރަކީ ލަދުވެތި ޑިމޮކްރަސީއަށް އެންމެ މަލާމާތްކުރި އެންމެ ހުތުރު ފަސް އަހަރު ކަމަށް ކުރީގެ ރައީސް ޔާމީނު ވިދާަޅުވެއްޖެއެވެ.
11 އަހަރުގެ ޖަލު ހުކުމެއް ރަށު ބަންދުގައި ހުންނަވާ ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ރޭ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވިދާޅުވީ، އަދި މިކަންކަން މިގޮތަށް ހިނގަމުންދިޔައިރު އަމިއްލަ އިސްނެގުމުގެ މަތިން ބަލާނެ އެއްވެސް މުއައްސަސާއެއް ނެތް ކަމަށާއި ސަރުކާރުގެ ކޮރަޕްޝަން ބަލާކަށް އޭސީސީއެއް ނެތް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މުޅި ދައުލަތް ފެއިލްވެ ބޮއްސުންލައިގެން ދިޔައިމަ އަޅުގަނޑުމެން އެންމެ އިތުބާރުކުރާ އެންމެ ގަދަރު ކުރާ ޖުޑީޝަރީއަކުން ބަސްބުނުމުގެ ހައްގު އޮތް ކަމަށް ނުދެކުނު ކަމަށެވެ.
އެހާ ދަތިހާލަތެއްގައި އެހާ ނުރައްކާތެރި ހުތޫރަތްތެރި ހާލަތެއްގައި ގައުމު އޮއްވާ ދިވެހިރާއްޖޭގެ ރައްޔިތުން އަނެއްކާވެސް އާ އުއްމީދުތަކަކާއެކު އެ ހާލަތު ބަދަލުކުރީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީއަކީ ވެރިކަން ކުރަން ސުމެއްގެ ޕާޓީއެއް ކަަމަށާއި، އެ ޕާޓީ ފައްކާ ވާނީ މަގުމަތީގައި ތިބެން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ އަމާޒަކަށް ވާންވާނީ އެމްޑީޕީ އަކީ ދާއިމަށް ”މަގުމަތީ ކުދިންނަށް“ ހެދުން ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ސަރުކާރު ނުހިނގާނަމަ، އިޙްތިޖާޖު ކުރާނެ ކަމަށާއި، އެ ފުރުޞަތު އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޔާމީން މިހެން ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ކަންތައް ކުރި ގޮތް ރައްޔިތުން ބަލައިނުގަންނަ ކަމަށް ވިދާޅުވެ އެ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި، އެމްޑީޕީން މަގުމަތީގައި ކޮރު ލައްވާ ކަމުގައިވާނަމަ، ޕީޕީއެމް/ޕީއެންސީން ވެސް ކޮރުލައްވަން ޖެހޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ