- Advertisement -ad image

އެންމެން އެކީ މަސައްކަތް ކުރަންވީ ޕީޕީއެމް/ޕީއެންސީ އަށް މަޖިލީހުގެ މެޖޯރިޓީ ހޯދަން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމާއެކު ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ޕީޕީއެމް/ޕީއެންސީން ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު މިއޮތީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް ކަމަށާއި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑރ.މުޢިއްޒު ﷲގެ ރަޙުމަތާއެކީގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަންނަވާނެ ކަމަށެވެ.
ދެން މަސައްކަތްކުރަން ފަށަންވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު ހޯދަން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ އަޣްލަބިއްޔަތު ޕީޕީއެމް ޕީއެންސީއަށް މަުހިންމުވަނީ މަސްވެރިންނާއި، އަންހެނުންގެ ހައްގުތަކަށާއި، އެނޫންވެސް ރައްޔިތުންނަށް ފައިދާވާ މުހިންމު ނިންމުންތައް ނިންމުމަށްކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ ޤައުމީ މައްސަލަތަކުގައި މަޖިލީހުގެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރައްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ