- Advertisement -ad image

އާޒިމާ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ބަންޑާރަ ނައިބު، އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
މޭޔަރު ކަމަށް ކުރިމަތިލައްވާ ކަން ހާމަކުރައްވާ އާޒިމާ ވިދާޅުވީ ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމުގެ މަޤާމަށް ކުރިމަތިލާން ނިންމައފައިވާ ކަމަށެވެ.
“ އެހެންކަމުން ތިޔަ ބޭފުޅުންގެ ތާއީދަށް އެދި ދަންނަވަމެވެ. ﷲގެ ޙަޟްރަތުން ވާގިއެދެމުންނެވެ. ސަބަބުތައް ވިދާޅުވެލައްވާށެވެ “ އާޒިމާ ވިދާޅުވިއެވެ.
އާޒިމާގެ ފަރާތުންނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މަޤާމަށް ކުރިމަތިލައްވަނީ އުމުރުފުޅުން 17 އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި ހުންނެވި ބޭފުޅަކަށްވެފައި، ރައްޔިތުންނާ ގާތުން ޚިދުމަތްކުރުމުގެ ޝައުޤުވެރިކަން އޮތުމާއެކު، މާލެ ސަރަހައްދު ހަގީގީ މާނާގައި ތަރައްޤީކުރުމަށް އަދިވެސް ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރަންހުރިކަމަށް ޤަބޫލުކުރެއްވޭތީ އެ މަސައްކަތް ކުރެއްވުމުގައި އިސަންނަގަވަން ބޭނުންފުޅުވެގެން ކަމަށެވެ.
ލާމަރުކަޒީ ނިޒާމު ތައާރަފުކޮށް ރަށްރަށުގެ ހިންގުމުގެ އޮނިގަނޑަށް ޤާނޫނީ ބޮޑު ބަދަލެއް ގެނެވިފައި އޮތް ނަމަވެސް، ރައްޔިތުންގެ ބޭނުންތަކަށް މިހާތަނަށް ބަދަލެއް އައިސްފައިނުވާކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ މާލެ ސަރަހައްދަށް އަންނަމުންދާ ބަދަލުތަކާއެކު ހިންގުމުގެ އޮނިގަނޑު ހަރުދަނާކޮށް ހިންގުން އިތުރަށް ރަނގަޅުކުރުން މުހިއްމުވެފައިވާ ކަމަށެވެ.
އާޒިމާ ޝަކޫރުގެ އިތުރުން، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އާއި، މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދި ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހު ވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރާނެކަން އިއުލާން ކުރައްވާފަ އެވެ.
މާލޭގެ މޭޔަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެންނެވެ. މިވަގުތު މޭޔަރުކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ މަހު 17 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ