- Advertisement -ad image

ހަތަރު ކައުންސިލެއްގެ ބައި-އިލެކްޝަން ޑިސެމްބަރު މަހު

ad image

ގުޅުންހުރި ލިޔުންތައް


ހަތަރު ރަށެއްގެ ކައުންސިލް ބައި – އިލެކްޝަން، ޑިސެންބަރު 16 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.
އެގޮތުން ބައި-އިލެކްޝަން ބާއްވަން ހަމަޖެއްސީ ހއ . ކެލާ އދ. ހަންޏާމީދޫ، ނ. މާފަރު އަދި ތ. ގުރައިދޫގައެވެ.
މިރަށްތަކުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ ހއ ކެލާ ކައުންސިލްގެ އަންހެން މެންބަރު، އދ. ހަންޏާމީދޫ، ނ. މާފަރު ކައުންސިލް މެންބަރު އަދި ތ. ގުރައިދޫ ކައުންސިލް ރައީސް އެވެ.
އެ ކޮމިޝަނުން އިތުރަށް ބުނީ މި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2023 ނޮވެންބަރު 01 ވާ ބުދަ ދުވަހުގެ 14:00 ން ފެށިގެން، 2023 ނޮވެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި ކަމަށެވެ.
‏މި ބައި-އިލެކްޝަންތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2023 ޑިސެންބަރު 16 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށް ކަމަށާއި އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށް ވެދް އީސީން ބުނެއެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2023 ޑިސެންބަރު 18 ވާ ހޯމަ ދުވަހުއެވެ.
‏ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެ ކޮމިޝަންގެ ވެބްސައިޓް ⁦‪elections.gov.mv‬⁩ އިން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ