- Advertisement -ad image

ފެނަކައިގަ ދަރަނި 4 ބިލިއަން ރުފިޔާ، ބަޖެޓްވެސް ތައްޔާރު ކުރަނީ ދަރަނިން ހިންގާގޮތަށް: އިންތިގާލީ ކޮމިޓީ

ad image

ގުޅުންހުރި ލިޔުންތައް


ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަން ފާހަގަވެފައިވާ ކަމަށް އިންތިގާލީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ ފެނަކައިން ފައިސާ ދޭންޖެހި ނުދީ ހުރި އަމިއްލަ ވިޔަފާރިތަކުގެ އަދަދު 1،149 އަަށް އަރާކަމަށެވެ.
އަދި ފިރުޒުލް ވިދާޅުވީ ސަރުކާރުގެ ޔުޓިލިޓީސް ކުންފުނިތަކުން ހޯދި މައުލޫމާތުތަކުން މައިގަނޑު ގޮތެއްގައި މުހިންމު 3 މައްސަލައެއް ކޮމިޓީތަކުން އެއްކުރި މައުލޫމާތުގެ އަލީގައި ފާހަގަކުރެވުނު ކަމަށެވެ.

އެގޮތުން ފާހަގަކުރެވިފައިވަނީ:
ކުންފުނީގެ ދަރަނީގެ ހާލަތު
މާލީ އަދި އިދާރީ ހިންގުމުގައި ހަރުދަނާކަމެއް ނެތުން
މައި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތައް ދައުލަތަށް ބުރައަކަށްވެފައި އޮތުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
2022 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ އޮތެވެ. އެއިން 3.2 ބިލިއަން ރުފިޔާއަކީ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާއެވެ. އަދި ލޯނުތަކަށް ދައްކަންޖެހޭ 901 މިލިއަން ރުފިޔާ އޮތްކަން ފާހަގަކުރެވިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.


ދަރަނީގެ ހާލަތު ގޯސްކޮށް އޮތްއިރު ފެނަކައިން ގިނަ އަދަދެއްގެ އައު ވަޒީފާ އުފައްދާފައިވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 2756 މުވައްޒަފުން ތިބިއިރު 2023 ވަނަ އަހަރުގެ މިހާތަނަށް އެ ކުންފުނީގައި 8126 މުވައްޒަފުން ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

އަދި 2018 ގައި މުވައްޒަފުންގެ މުސާރައަށް މަހަކު 23 މިލިއަން ޚަރަދުކުރިއިރު މިހާރު އެ އަދަދު 82 މިލިއަނަށް އަރާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ މިއަހަރުގެ މާރޗްމަހުގެ ފަހުން އެކަނިވެސް މިހާތަނަށް 747 އަށްވުރެ ގިނަ މުވައްޒަފުން ފެނަކައިން އަލަށް ވަޒީފާދީފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ