- Advertisement -ad image

ޤިޔާމަތާހަމައަށްވެސް ޔަހޫދީންނަށް އުޤޫބާތްދެއްވާނެ ބަޔަކު ފޮނުއްވާނެކަމަށް މާތްﷲ ވަނީ ބަޔާންކުރައްވާފައި: ޑރ. ސައްތާރު

ad image

ގުޅުންހުރި ލިޔުންތައް

ޤިޔާމަތާހަމައަށްވެސް ޔަހޫދީންނަށް އުޤޫބާތްދެއްވާނެ ބަޔަކު ފޮނުއްވާނެކަމަށް މާތްﷲ ބަޔާންކުރައްވާފައިވާކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.

ޑރ. ސައްތާރު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ” ފަލަސްޠީނު ފޯރަމް ” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމްގައި ފަލަސްޠީނުގެ ތާރީޚާއި ޔަހޫދީންގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ޢަބްދުﷲ އާމިރުވަނީ ކިޔައިދެއްވާފައެވެ.

އެގޮތުން އިސްރާއީލަކީ ޔަޤޫބުގެފާނުގެ ލަޤަބެއްކަމަށް ވިދާޅުވެ، ޔަހޫދީންނަށް މިނަން ކިޔުނު ގޮތާއި ޔަހޫދީންނަކީ ކޮބައިކަން ޑރ. ސައްތާރުވަނީ ތަފްސީލީ ގޮތެއްގައި ކިޔައިދެއްވާފައެވެ.

އަދި ބަނީ އިސްރާއީލަށް ދެއްވި ނިޢުމަތްތަކާއި އެމީހުންގެ ފަސާދަކުރުމާއި، އެމީހުން ހަދާފައިވާ ދޮގުތަކާގުޅޭ ގޮތުން ޤުރުުއާނާއި ސުންނަތުން ސާބިތުވާ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޑރ. ސައްތާރުވަނީ ކިޔައިދެއްވާފައެވެ. ޑރ. ސައްތާރުވިދާޅުވީ އަދިވެސް އެމީހުންގެ ނުބައިކަން މިދަނީ ފެންނަމުންކަމަށާއި އެހެންނަމަވެސް ޤިޔާމަތާހަމައަށް ދާންދެން ޔަހޫދީންނަށް އުޤޫބާތްދެއްވާނެ ބަޔަކު ފޮނުއްވާނެކަމަށް މާތްﷲ ބަޔާންކުރައްވާފައިވާކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ