- Advertisement -ad image

އުސޫލެއްނެތި ގެދޮރުވެރިޔާ ފްލެޓްތައް ބަހާލި މައްސަލައިގާ މުޒާހަރާކުރަނީި

ad image

ގުޅުންހުރި ލިޔުންތައް


މި ސަރުކާރުން އެއްވެސް އުސޫލެއް ނެތި ގެދޮރުވެރިޔާ ފްލެޓްތައް ބަހާލި މައްސަލައިގާ ގިނަ ބަޔަކު ހައުސިން މިނިސްޓްރީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީއަށް އެއްވެ ތިބި މީހުން ބުނަމުންދަނީ ފްލެޓް ބަހާލީ އެއްވެސް އުސޫލެއް ހަމައެއްލަމައެއް ނެތި ކަމަށެވެ. އަދި ޕޮއިންޓް ދީފައިވާ އުސޫލު ހޯދަން ބޭނުންވާ ކަމަށާއި ފްލެޓްތައް ބަހާލާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ޕާޓީގެ ބާރު ހުރި މީހުން ފޮނުވި ލިސްޓްތަކަކަށް ކަން އެނގިފައިވާ ކަމަށެވެ.

އެގޮތުން އެތަނުގައި ހުރި މީހަކު ބުނީ 18 އަހަރުގެ އަންހެނަކަށް 80 ޕޮއިންޓްލިބި 3 ކޮޓަރީގެ ފްލެޓެއް ލިބިފައި އެބައޮތް ކަމަށާއި އޭނާ އަކީ މާލޭގައި އުޅޭތާ 24 އަހަރުވެފައިވާ ދަރިންތިބި މީހެއް ނަމަވެސް ލިބުނީ 60 ޕޮއިންޓް ކަމަށެވެ.

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ ހޮނިހިރު ދުވަހުއެވެ.

މި ލިސްޓު އާންމުކޮށްފައި ވަނީ އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭ.ސީ.ސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަަ މިހާރު ވަނީ އޭ.ސީ.ސީގައި ރަޖިސްޓްރީވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ