- Advertisement -ad image

ފުލެޓާ ގުޅުންހުރި ކަންކަން ކުރިއަށް ނުގެންދިއުމަށް އޭސީސީން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފުލެޓާ ގުޅުންހުރި ކަންކަން ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގައިފިއެވެ.
އޭސީސީން ވަނީ ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްވެސް މިނިސްޓްރީއަށް އަންގާފައެވެ. އޭސީސީން މިގޮތަށް އަންގަވާފައިވަނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި، ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުޞޫލާ ޚިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަޙުޤީޤުކުރަމުންދާތީ ކަމަށް އެކޮމިޝަނުން ބުނެއެވެ.
އެކޮމިޝަނުންވަނީ މިމައްސަލަ ތަހްޤީގުކުރަމުން އަންނާތީ އެސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް އަންގަވާފައެވެ.

ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިސްޓްރީއަށް ގޮސް އަޑުއުފުލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ