- Advertisement -ad image

‏”މިހާރު ރައްޔިތުންގެ މަޖިލީހުގައި ދިމާވެގެން މިއުޅޭ ހާލަތުގައި އިންތިޚާބީ ރައީސް ހުވާކުރުމަކަށް އެއްވެސް ހުރަހެއްނެތް”

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އޮތަސް އިންތިޚާބީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

ބަންޑާރަ ނައިބު އޮފީހުން މިހެން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ ކުރިއަށް ގެންދާނެގޮތެއް ހޯދުމަށް އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވަމުންނެވެ.
އެގޮތުން ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ވަކާލާތު ކުރައްވަމުން ވަކީލް ފާތުމަތު ހަލީމް ވިދާޅުވީ، ހުށައެޅިފައި މިއޮތް މައްސަލައާ ގުޅިގެން އިންތިޚާބީ ރައީސް ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އެއީ މަޖިލިސް ޖަލްސާ ހުއްޓުމަކަށް އަންނަން ޖެހޭވަރުގެ މައްސަލައެއްކަމަށްވެސް މި މައްސަލަ ނުދެކޭ ކަމަށް ވަކީލް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަޖިލީހުގެ ރައީސްއާއި، މަޖުލީހުގެ ނާއިބުރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެކަމަށް އޮތްނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްގެ ޒިންމާ އެ މެންބަރުންނަށް އަދާކުރެވޭނެކަމެއް ނޫންކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ