- Advertisement -ad image

ފްލެޓްތަކުގެ ކަންކަން ނިންމާ ލިޔުން ހަވާލު ނުކުރުމަށް ޑރ މުއިއްޒު އެދިވަޑައިގެންފި

ad image

ގުޅުންހުރި ލިޔުންތައް


އައު ސަރުކާރު ފެށުމާ މެދު ނުވަ ވަރަކަށް ދުވަސް އޮތް އިރު މި ކުރު މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާ ފްލެޓްތަކުގެ ލިޔުން ނުވަތަ ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި އެކަން މަޑުޖައްސާލައި އައު ސަރުކާރަށް އެކަން ކުރުމަށް ޖާގަ ދެއްވުމަށް އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މިސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޭ 4000 މީހުންގެ ލިސްޓް އާއްމު ކުރީ ހޮނިހިރު ދުވަހުއެވެ. މި ލިސްޓް ހައުސިން މިނިސްޓްރީން އާއްމުކުރުމާއެކު ގިނަ ބަޔަކު ގެންދަނީ ފްލެޓް ދޭން ޕޮއިންޓް ދީފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި އެ މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެ، މިހާރު ހައުސިން މިނިސްޓްރީ އަށް އަންގާފައި ވަނީ ޝަކުވާތައް ނުބަލައި 4،000 ފްލެޓު ލިބޭ ކަމުގެ ލިޔުން އެއްވެސް މީހަކަށް ހަވާލު ނުކުރުމަށެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ފިރުޒުލް ވިދާޅުވީ، މިހާރު ހިނގަމުންދާ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭ 13،000 ފަރާތެއްގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން މިހާރު މަސައްކަތް ހިނގަމުންދާ 4،000 ފްލެޓު އެލޮކޭޓް ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކާއި ވަރަށް ބޮޑެތި ޝަކުވާތަކެއް އިންތިހާބީ ރައީސް އޮފީހަށް ވެސް ލިބެމުން އަންނަ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އެހެންކަމުން އިންތިހާބީ ރައީސްގެ ގޮވާލެއްވުމަކީ އަދި އެދިވަޑައިގަތުމަކީވެސް އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ނުކުރުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
“ މިހާރު އަޅުގަނޑުމެންނަށް އެނގެންމިދާ އަދި ޝަކުވާތައް މައިގަނޑު ގޮތެއްގައި ގުޅިގެން މިދާ ކަމަކީ މީގެ ތެރޭގައި ވަރަށް ބޮޑަށް އެބަހުރިކަމަށް ނުގަވައިދުން ނުވަތަ ޝަރުތުތަކުގެ ބޭރުން އުސޫލުތަކުގެ ބޭރުން ނާއިންސާފުން ކަންތައްތަކެއް ހާސިލު ކުރުމަށް މަސައްކަތްތަކެއް ކޮށްފައި ހުރިކަމުގެ ވާހަކަތަކެއް ނުވަތަ ކަންތައްތަކެއް ހާސިލްކޮށްދިނުމަށް މަސައްކަތްތަކެއް ނުވަތަ ހިނގާފަހުރި ކަމުގެ ޝަކުވާތަކެއް “ ފިރުޒުލް ވިދާޅުވިއެވެ.
އެ ލިސްޓަށް ޖުމުލަ ގޮތެއްގައި އޮނަރ ކުރެވިގެން ދިޔަ ނަމަވެސް މިހެން ނުގަވައިދުން އިންސާފުން ބޭރުން ކަންތައްތައް ހިނގާފައިވާނަމަ އެކަންކަމަށް ބަލައި އެފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެކަން ގާނޫނީ އިންތިޒާމުތަކުގެ ތެރެއިން އޮންނާނެކަން ފިރުޒުލް ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ