- Advertisement -ad image

ސަލްފިއްޔާ ވިއަސް ފްލެޓް ލިބިފައިވާނީ ހުށަހަޅާފައިވާ މައުލޫމާތައް ބަލައި ޝަރުތު ހަމަވާތީ: ހައުސިން މިނިސްޓްރީ

ad image

ގުޅުންހުރި ލިޔުންތައް


ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު ނަމަވެސް ފްލެޓް ލިބިފައިވަނީ ހުށަހަޅާފައިވާ މައުލޫމާތަށް ބަލައި ޝަރުތުހަމަވެ ޕޮއިންޓު ލިބުމުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިއުލާންކޮށްފައިވާ 4000 ފްލެޓް ލިބޭމީހުންގެ ލިސްޓް ހޮނިހިރު ދުވަހު ޕޮއިންޓުތަކާއެކު އާންމު ކުރިއިރު ސަލްފިއްޔާ ވަނީ ތިން ކޮޓަރީގެ ލިސްޓުން 79 ޕޮއިންޓު ލިބިފަ އެވެ. އެހެންވެ އޭނާ އަށް ތިން ކޮޓަރީގެ އެޕާޓްމެންޓެއް ލިބޭނެ އެވެ. ސަލްފިއްޔާ އަށް ފްލެޓް ލިބޭކަން ހާމަވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރިފު ވިދާޅުވީ ފްލެޓް ދިނުމުގައި ބަލާފައިވަނީ ފޯމުތަކުގައި ހުރި މައުލޫމާތުތަކަށް ކަމަށާއި ސަލްފިއްޔާ އަށްވެސް 79 ޕޮއިންޓާއެކު ފްލެޓް ލިބުނީ އެމަގުން ބަލައިގެން ކަމަށެވެ. އަދި ފްލެޓް ދިނުމުގައި ވަކި މީހަކު ދިން ލިސްޓަކަށް ނުބަލާ ކަމަށާއި ޝަކުވާތަކަށް ބެލުމަށްފަހު މައްސަލަ ހުރި ކަމުގައިވާނަމަ އެކަން ބަލާނެ ކަމަށް އާރިފު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ހައުސިން މިނިސްޓްރީން އިއުލާނުކުރި 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމު ކުރުމާއެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހާއްސަގޮތެއްގައި ޕޮއިންޓް ދިން އުސޫލަށް ގިނަ ބަޔަކު ފާޑު ކިޔާފައިވާއިރު މިކަމަކާ ނުރުހުން ފާޅުކުރުމަށް ގިނަ ބަޔަކު އާދިއްތަ ދުވަހު އެ މިނިސްޓްރީ ދޮށަށް އެއްވެ ނުރުހުންވެސް ފާޅުކުރިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ