- Advertisement -ad image

ފެނިގެން މިދަނީ ހުވާކުރެއްވުމުގެ ކުރިންވެސް ގައުމުގެ އިގްތިސާދީ ދުވެލި ހަލުއިކުރަން މުޢިއްޒު މަސައްކަތް ކުރައްވާތަން: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުމުގެ ކުރިންވެސް ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުއިކުރަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މަސައްކަތް ކުރައްވާތަން ފެންނިވަޑައިގަންނަވާކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދް ޝިޔާމް މުޢިއްޒު އަށް ތައުރީފް ކުރައްވައިފިއެވެ.
ޝިޔާމް މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ އެއާޕޯޓު ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ހަމަޖައްސައިދިނުމަށް ޔޫއޭއީގެ ސަރުކާރުން ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އިއުލާނު ކުރެއްވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، ޑރ މުޢިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް ފެންނަނީ ޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައި ހުރި ބޮޑެތި ކަންކަމަށް ހައްލު ހޯއްދަވާ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާތަން ކަމަށާއި، ކުރިޔަށް އޮތީ ދިވެހީންނަށް އުޖާލާ ދުވަސްތަކެއް ކަމަށެވެ.
އަންނަ އަހަރުތެރޭ ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށުމަކީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ. އަދި 2026ވަނަ އަހަރުތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ނިންމާ ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށްވެސް ޑރ. މުޢިއްޒުވަނީ މީގެކުރިން ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ