- Advertisement -ad image

ކުޑަކުދިންނަށް ދޭ ޕެރަސިޓަމޯލްގެ ބާވަތެއް ވިއްކުން މަނާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ މާރކެޓުގައި މިވަގުތު ހުރި ޕެރަސިޓްމޯލް ޕީޑިއަރޓްރިކް އޯރަލް ސަސްޕެންޝަން އައިޕީ 100 އެމްޖީ ބޭހުގެ ކޮލިޓީ މައްސަލަތަކެއް (ކުލަ ބަދަލުވެފައި، ގަނޑުވެފައި) ހުރުން ފާހަގަވެފައިވާތީ މި ބޭސް ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީން ނެރުނު އެލާޓުގައި ބުނީ އެ އޮތޯރިޓީން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ މި ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުން މިހާރު ވަނީ މަނާކުރެވިފައި ކަމަށެވެ.
އެމްއެފްޑީއޭއިން ވިއްކުން މިއަދު މަނާކުރި ބޭހަކީ އިންޑިއާގެ އުފެއްދުމެކެވެ. އަދި މިބޭހަކީ ރާއްޖޭގައި ވަރަށް ގިނައިން ކުޑަކުދިންނަށް ދެމުން އަންނަ ބޭހެއްކަންވެސް ފާހަހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ