- Advertisement -ad image

އީމާންކަމުން ބަބުޅާ ހިތްތަކަކީ، މި ބިންމަތީގައި ނަސީބުވެރިން: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


އީމާންކަމުން ބަބުޅާ ހިތްތަކަކީ މި ބިންމަތީގައި ނަސީބުވެރިން ކަމަށާއި އެމީހުންނަކީ އިސްލާމްދީން ތަމުސީލުކުރާ ހެޔޮ ނަމޫނާތަކެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ ސަލާމަތްވެގެންވާ ހިތް “ މިއެވެ.
ހުތުބާގައި ބުނީ އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތް ކަމަށާއި ކޮންމެ އިންސާނަކުވެސް އޭނާގެ ހިތް ރަނގަޅުކޮށް, އިސްލާހު ކުރުމަށާއި ހެޔޮ އަމަލު ކުރުންމަތީ ދެމިހުރުމަށް މަސައްކަތް ކުރަން ވާނެ ކަމަށެވެ. އަދި ހިތް އިސްލާހު ކުރަން ވާނީ އޭނާގެ ދުނިޔެއާއި އާހިރަތް ރަނގަޅުކޮށްދޭނެ މަންހަޖަކާ އެއްގޮތަށް ކަމަށް ހުތުބާގައި ބުންޏެވެ.
އަދި ހިތް ގައުވިޔަ ނުދިނުމަށްޓަކައި އެހިތަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާ ދޭންޖެހޭ ކަމަށާއި އެއީ الله ހަނދުމަކުރުންމަތީ ދެމިހުރުން ކަމަށެވެ.
“ الله އަށް ތަކްބީރު، ތަހުމީދު، އަދި ތަސްބީހަ ކިޔުންފަދަ އަމަލުތައް ގިނަ ކުރުމެވެ “ ހުތުބާ
މީގެ އިތުރުން އިސްލާތީ މަތިވެރި އަހްލާގުގެ މަތީގައި ކުރިޔަށްދާ މީހުންނަކީ މި ބިންމަތީގެ ނަސީބުވެރިން ކަމަށާއި އެ މީހުންނަކީ އާހިރަތުގެ ބާއްޖަވެރިން ކަމަށް ހުތުބާގައި ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ