- Advertisement -ad image

ޖުމުހޫރީ ވެރިކަމެއްގެ ފޮނިމީރުކަން ލިބޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން: އިންތިހާބީ ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ޖުމުހޫރީ ވެރިކަމެއްގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޑރ މުއިއްޒު ވަނީ ޚާއްޞަ މެސެޖެއް ދެއްވާފައެވެ.
އެގޮތުން ރައީސް މުއިއްޒު ވަނީ މިއަދާއި ހަމައަށް މި ޖުމްހޫރީ ނިޒާމު ގެނެސްދެއްވުމަށް މަސައްކަތް ކުރެއްވި ރައީސުންނަށާއި، ކެބިނެޓްގެ ބޭފުޅުންނަށާއި، ވިޔަފާރިވެރިންނަށާއި، ސިޔާސީ ޕާޓީތަކުގެ ވެރިންނަށާއި، ޤައުމު މި ހިސާބަށް ގެނައުމުގައި، މަސައްކަތް ކުރި އެންމެންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
“ އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ލިބޭގޮތަށް ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވާން އެބަޖެހޭ. އެހެންކަމުން މިގޮތުގައި ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުންނަށް މިދުވަހުގެ ތަހުނިޔާ އަރިސްކުރަމުން އިލްތިމާސްކުރަން “ މުއިއްޒު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު އަކީ ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސްއެވެ.

ޑރ.މުޢިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ