- Advertisement -ad image

ރައީސްގެ ވަދާއީ ހިތާބު: ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާއި ޞުލްޙަމަސަލަސް ކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން!

ad image

ގުޅުންހުރި ލިޔުންތައް


ފާއިތުވި ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާއި ޞުލްޙަމަސަލަސް ކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ 55 ވަނަ ޖުމުހޫރީ ދުވަހުގެ މުނަސަބާ ގުޅުވައި ދެއްވި އެމަނިކުފާނުގެ ވަދާއީ ހިތާބުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ މި ނިމޭ ފަސް އަހަރު މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ، ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން ކަމަށާއި ކުށްކުރާ ގްރޫޕްތަކާއި، ޑްރަގުގެ ވިޔަފާރިއާ ދެކޮޅަށް، އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ. މި މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދާކުރި ދައުރު ބޮޑުކަން ފާހަގަ ކުރައްވާ ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ، ޤައުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށޭވެ.
“ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުޞަތު އެ ދާއިރާތަކަށް މި ފަސް އަހަރު ލިބިދެވުނު “ ރައީސް ސާލިހު ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ވެރިކަމުގެ ޙައްޤުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް މި ފަސް އަހަރު އިސްކަންދިން ކަމަށާއި ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދިން ކަމަށެވެ.
“ ޚިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރާންޖެހޭ ޙައްޤުތަކަށް އިސްކަންދިނިން. ފަރުދީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުޞަތެއްގެ ބޭނުން ސަރުކާރުން ހިފިން “ ސާލިހު ވިދާޅުވިއެވެ.
އަދި ވާޖިބު އަދާކުރުމުގައި އިންޞާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް މަސައްކަތް ކުރި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. އަނގައޮތިއްޔާ ކޮންމެ އެއްޗެއްވެސް ބުނެވިދާނެ، މިއަށްވުރެ އަނިޔާވެރި ނާއިންސާފު ސުލްހަމަސްލަހަތުނަގާލި ވެރިކަމެއް މިގައުމުގާ އަދި ނުދެކެން ތިހުރިހާކަމެއް ކިރާ ވަޒަންކުރާނީ ގައުމުގެ ރައިއްޔަތުން ތިމާ އަމިއްލަޔަކަށްނޫން، ތިއަށްކުޔަނީ އަކަޔަންބޯ ހެދިގެން އުޅުން.

  2. ވެރިކަން ގެއްލި، ގަނޑުވަރުން ނުކުންނަންޖެހުނުއިރުވެސް ތިޔަހުރީ ބޭރަށްހިންގުންޖެހިފައިހުރިމީހަކު، އަވަސްއަވަހަށް ބޮޑުކަމު ދެވިދެވި ހުންނަ ބީދައިން، ދޮގު ހެދިހެދި. އެތެރެހައްޓާއި ދުލުކުރީގައިވެސް ދޮގުފިޔަވައި އެހެންއެއްޗެއް ނެތްކަހަލަ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ