- Advertisement -ad image

1968ގެ ފަހުން ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާއެކު: މައުމޫނު

ad image

ގުޅުންހުރި ލިޔުންތައް


1968ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމަށް ކުރީގެ ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިފަދައިން ވިދާޅުވީ 55 ވަނަ ޖުމުހޫރީ ދުވަހާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ދެއްވި ހިތާބުގައި ވިދާޅުވި ބަސްފުޅަކަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ރައީސް ސާލިހު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށެވެ. އަދި މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ޤާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ޤައުމާއި ރައްޔިތުން.
މިފަހަރު އެކަންޏެއް ނޫން.
“ ރައީސް ސާލިހު ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވާ ރައީސް މައުމޫނު ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ވެރިކަން ބަދަލުވީ މިފަހަރު އެކަނި ނޫން ކަމަށެވެ.
ނުހަނު އިޙްތިރާމާއެކު ދަންނަވަން. 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު. މިފަހަރު އެކަންޏެއް ނޫން.” ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް ސާލިހުގެ މި ވާހަކަފުޅާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ