- Advertisement -ad image

ހަވާލުކުރާ ޒިންމާ އަދާކޮށް ޖަވާބުދާރީ ނުވެވޭވަރުގެ މީހަކު އެއްވެސް މަގާމަކަށް ނާންނާނެ: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ހަވާލުކުރާ ޒިންމާ ފުރިހަމައަށް އަދާކޮށް ސުވާލުކުރުމުން ޖަވާބުދާރީ ނުވެވޭ އެއްވެސް މީހަކު އެއްވެސް މަގާމަކަށް އެމަނިކުފާނުގެ ސަރުކާރެއްގައި ނާންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ “ ދިވެހީންގެރާއްޖެ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ވެރިކަމުގައި ހުންނަ މީހަކުވިއަސް ޖަވާބުދާރީ ނުވެވޭވަރުގެ ކަމެއް އޮވެގެން ނުވާނެ ކަމަށެވެ.

ރައްޔިތުން ވެރިޔަކު އިންތިޚާބުކުރަނީ ރައްޔިތުންނަށް ޚިދުމަތްކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު ވެރިކަމުގައި ހުންނަވާ ބޭފުޅަކު ރައްޔިތުންނަށް ކަންކަން ހާސިލުކޮށްދިނުމަށް މަސައްކަތްކުރައްވާނަމަ، އެތުރާތައް ގިރާކޮށް ރައްޔިތުންނަށް ހާސިލުކޮށްދޭންޖެހޭ ކަންކަން ކުރެވޭނެ ކަމަށްވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު އެކުލަވާލާއިރު، މިނިސްޓްރީތަކަށް ނަތީޖާ ނެރެދެވޭނެ މެންޑޭޓުތަކެއް ކަނޑައެޅުމަށް ވިސްނަވާފައިވާނެ ކަމަށެވެ. ބައެއް ބޮޑެތި މިނިސްޓްރީތައް ދެބައި ކުރުމާއި، ވަކި މަސައްކަތްތަކަށް ޚާއްސަ މިނިސްޓްރީތައް އުފެއްދީ، މިނިސްޓްރީ ފެއިލްނުވެ ނަތީޖާ ނެރެދިނުމަށް މަގުފަހިކުރުމުގެ ގޮތުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިންތިޚާބީ ރައީސް ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ނަތީޖާ ނެރެދިނުން ކަމަށެވެ. އަދި މިހާރު ސަރުކާރުގެ ވުޒާރާތައް އެކުލަވާލާފައިވާ ގޮތަށް ބަލާއިރު، ސިޔާސީ މަގާމުތައް މަދުވެފައި، އާ ވުޒާރާތައް އެކުލަވާލި ނަމަވެސް، އިތުރު އިމާރާތްތައް ނަގަން ނުޖެހި އަދި ރިކަރެންޓު ޚަރަދުވެސް ބޮޑު ނުވާގޮތަށް ވުޒާރާތައް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސަވާފައިވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ