- Advertisement -ad image

މިއީ ކެބިނެޓާއި ކުންފުނިތަކުން އެންމެ ގިނަ އަންހެނުން ފެންނާނެ ދައުރު: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެގެންދާނީ ކެބިނެޓާއި ސަރުކާރު ހިއްސާވާކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި އެންމެ ގިނަ އަންހެނުން ފެންނާނެ ސަރުކާރަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ ދިވެހީންގެރާއްޖެ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރާއިރު، ވަރަށް ގިނަ ކަންތައްތަކަށް ވިސްނާވަޑައިގަންފައިވާނެ ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށް ހީވާގިކަމާއެކު މަސައްކަތްޕުޅު ކުރައްވާނެ އިލްމީ ޤާބިލު ޓީމެއް އެކުލަވާލުމަށް އިސްކަން ދެއްވާކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ޑރ.މުޢިއްޒު ފާހަގަކުރެއްވީ ކުރީގެ ސަރުކާރުތަކުގައި ކުންފުނިތައް ހިންގެވުމުގެ އެންމެ އިސް މަޤާމުތަކުގައި އަންހެން ބޭފުޅުން ތިއްބެވިލެއް މަދުކަމެވެ. އެގޮތުން މިހާރު އޮތް ސަރުކާރުގައިވެސް ކުންފުންޏެއް ހިންގަވަން ހުންނެވީ އެންމެ އަންހެން ބޭފުޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއާއެކު ޑރ.މުޢިއްޒު ފާހަގަކުރެއްވީ ސަރުކާރުގެ ސިޔާސަތު އެކަށައަޅައި ތަންފީޒުކުރާ ގިންތީގައި އަންހެން ބޭފުޅުންގެ ހިއްސާ އިތުރުކުރެއްވުމަކީ އެމަނިކުފާނު ނިމުނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދެވުމުގެ ގޮތުން އެމަނިކުފާނު ނިންމަވާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ކުންފުނިތައް ހިންގުމުގެ އެންމެ އިސްސަފުން އަންހެން ބޭފުޅުންނަށް އިތުރު ފުރުސަތު ދެއްވުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ