- Advertisement -ad image

އަބަދުވެސް ހުންނާނީ ރައްޔިތުންގެ ފަޅީގައި: ޑރ. މުޢިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ އުންމީދުތައް ހާސިލްކުރެވޭނީ ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންގެ ފަޅީގައި ހުރެގެން ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕީއެސްއެމުގެ ދިވެހީންގެރާއްޖެ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންމެ ވެރިއަކުވެސް ވެރިކަމާއި، ޙަވާލުވަނީ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދިނުމުގެ އުންމީދުގައި ކަމަށެވެ.
މި އުންމީދުތައް ހާސިލްވާނީ، ރައޔްިތުންގެ އަޑު އަހާ، ރައްޔިތުންގެ ފަޅީގައި ހުރެ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި، ރައްޔިތުން އެދޭ ގޮތަށް ތެދުވެރިކަމާއި އިޚުލާސްތެރިކަމާއިއެކު، ވެރިކަމެއް ކުރުމުން ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމަށްވާނަމަ، ވެރިޔަކަށް ހުންނަ ފަރާތަށް ޖަވާބުދާރީ ނުވެވޭވަރުގެ އެއްވެސް ކަމެއް ހުރެގެން ނުވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ވެރިކަން ކުރާއިރު، އެއްވެސް ކަމެއް ނުފޮރުވައި، ދެފުށްފެންނަ ވެރިކަމެއް ކުރާ ސަރުކާރަކަށް ކޮންމެ ސަރުކާރެއް ވެސް ވާންޖެހޭ ކަމަށާއި، އަންނަ ސަރުކާރު ވާނީ އެފަދަ ސަރުކާރަކަށް ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

“ޖަވާބުދާރީ ނުވެވޭ ކަމެއް އޮވެގެން ނުވާނެ، ވެރިއަކަށް ހުންނަ މީހެއްގެ ކިބާގައި. ރައްޔިތުންގެ ފަރާތުން ސުވާލެއް ކުރަންޏާ، އެކަމަށް ޖަވާބު ދޭންވާނެ. ކަމެއް ފޮރުވާފައި އޮވެގެން ނުވާނެ. ދެފުށްފެންނަން ޖެހޭނެ. ރައްޔިތުންނާއި އެކީގައި ސަރުކާރު އަބަދުވެސް އޮންނަން ވާނީ.” އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ