- Advertisement -ad image

ހޯމަ ދުވަހުވެސް މަޖިލީހުގެ ދެ ޖަލްސާ ބާއްވަނީ

ad image

ގުޅުންހުރި ލިޔުންތައް


ހޯމަ ދުވަހުވެސް މަޖިލީހުގެ ދެ ޖަލްސާ ބާއްވާ ގޮތަށް ނިންމާ އެޖެންޑާ އާއްމުކޮށްފިއެވެ. މަޖިލީހުގެ އިދާރާއިން އާއްމުކޮށްފައިވާ ފުރަތަމަ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރުއެވެ. މިޖަލްސާގައި އޮންނާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން 2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމެވެ. ދެވަނަ ކަމަކަށް މިޖަލްސާގައި އޮންނާނީ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމެވެ.
މީގެ އިތުރުން މާދަމާގެ 11 ޖަހާއިރު ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތެވެ.
ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ ގަރާރާއި ގުޅިގެން މިއަދުވެސް މަޖިލީހުގެ ދެ ޖަލްސާއެއް ބޭއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ