- Advertisement -ad image

ވެލާނާ އެއާޕޯޓަކީ އިގްތިސާދުގެ މައި ދޮރާށި، މަސައްކަތް އަވަހަށް ނިންމަންޖެހޭ: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާ އެއަރޕޯޓުގެ ޓާރމިނަލްގެ މަސައްކަތަކީ އެންމެ އިސްކަންދޭނެ މަސައްކަތް ކަމަށާއި ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ބަލާއިރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އިގްތިސާދުގެ މައި ދޮރާށި ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވީއައިއޭ ޓާމިނަލްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ފަހު، އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ %54 މަސައްކަތް ނިމިފައިވާ އިރު އަދިވެސް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.
އަދި މުއިއްޒު ވިދާޅުވި އެމަނިކުފާނު ބޭނުންފުޅު ވަނީ 2024 ގެ އޮކްޓޯބަރު މަހަށްދާ އިރު، އެ މަސައްކަތް ނިންމުމަށެވެ. އެއީ މިހާރު މިމަސައްކަތް ނިންމަން އޮތް ތާރީހުގެ އަށެއްކަ މަސް ދުވަހުގެ އަވަސް މުއްދަތެކެވެ.


ޑރ.މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި 2016 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި އެ މަޝްރޫޢަކީ މި އަހަރަށް އެކުއެކީ ނިމެން އޮތް މަޝްރޫޢެއް ނަމަވެސް ދިގުލައިގެންގޮސް މަޝްރޫޢު ނުނިމި ލަސްވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދު އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.

އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ނިންމާނެ އެއް މަޝްރޫޢަކީ އެއާޕޯޓު މަޝްރޫޢުކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ޓާމިނަލުގެ މަސައްކަތް ނިމެންވާއިރަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް އަދިވެސް ހުރީ މަސައްކަތް ނުފެށި ބަޔަކާވެސް ހަވާލުނުކުރެވިކަމުގައި އިންތިޚާބީ ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ މަސައްކަތުގެ ދާއިރާގެ ބޭރުން ކުރަންޖެހޭ ކަންކަމުގެ ތެރެއިން ސާވިސް ރޯޑު ހެދުމާއި، ޑިއުޓީ ފުރީ ސަރަހައްދު ތައްޔާރުކުރުން ފަދަ މަސައްކަތްތައް މިހާތަނަށް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނެތްކަން ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ