- Advertisement -ad image

ޑރ މުއިއްޒު މިރޭ ހުރިހާ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ހުރިހާ ނޫސްވެރިންނާ މިރޭ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ވަނީ މިހާރު އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ނޫސްވެރިންނަށް ދައުވަތު ފޮނުވާފައެވެ. މުއިއްޒު، ދިވެހި ނޫސްވެރިންނާއި ބައްދަލު ކުރައްވާނީ މިރޭ 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.

އެ ބައްދަލްވުމުގެ ދައުވަތު ހުރިހާ މީޑިއާތަކަށް ފޮނުވާފައިވާކަން އެނގިފައިވެއެވެ. އަދިި ބައްދަލްވުމުގައި މީޑިއާތަކުން ވަކި އަދަދެއްގެ ނޫސްވެރިން ބައިވެރި ކުރުމުގެ ބަދަލުގައި ހުރިހާ ނޫސްވެރީންނަށް ބައިވެރިވުމުގެ ފުރުސަތު އޮތް ކަން ވެސް ވަނީ އަންގައިފައެވެ.

މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ