- Advertisement -ad image

ޑރ މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބެއް ވަޑައިގަންނަވާނެ

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޒީ ޖިންޕިންގެ ހާއްސަ މަންދޫބެއް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ޑިޕްލޮމެޓިކް އެޖެންޑާގައި ބުނެފައިވަނީ ޑރ މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި އެގައުމު ތަމުސީލު ކުރެއްވުމަށް ބައިވެރިވެ ވަޑައިގަންނަވާނީ ރައީސްގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރ ޝެން ޔިގިން ކަމަށެވެ.
އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޝެން ޔިގިން މިމަހުގެ 15 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ޗައިނާ ފޮރިން މިނިސްޓްރީން ބުނެއެވެ. ޝެންގެ މިދަތުރުފުޅު ނިންމަވާލެއްވުމަށް ފުރާވަޑައިގަންނަވާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ޑރ މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް އަވަށްޓެރި ގިނަ ގައުމުތަކަކަށް ވަނީ ދައުވަތު ފޮނުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ