- Advertisement -ad image

މަޖިލީހުގެ ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

މަޖިލީހުގެ ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރުމަށް ތަކުރާރުކޮށް ޖަލްސާ ބާއްވަމުން ދަނިކޮށެވެ.
އެގޮތުން އާދިއްތަ ދުވަހުވެސް އަދި މިއަދު އެގާރަ ޖެހިއިރުވެސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ޖަލްސާ ބޭއްވިއެވެ.

މީގެއިތުރުން މިއަދު 16:00 ގައި ފެށި ޖަލްސާގެ ރިޔާސަތުގައި އިންނެވީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެވެ. އެ ޖަލްސާގައި ނަޝީދުގެ އިސްތިއުފާ ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވިއިރު އެމަނިކުފާނު ވެސް ވަނީ އެ ސިޓީ ފޮނުއްވިކަން ތަޅުމުގައި އިންނަވައި ކަށަވަރު ކޮށްދެއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ދެން އެހެން ތިބެފާ އަމިއްލައަށް މިވެރިން އިސްތިއުފާ ދީފާ ދެން ކިޔާނީ ބަޣާވާތެއް ކުރިއްޔޭއެވެ. އެއީ ވެރިކަމުގައިވެސް ހެދިގޮތެވެ. ދުވަހަކުވެސް ދައުރެއް ހަމައެއް ނުކުރާނެއެވެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ