- Advertisement -ad image

އައު ސަރުކާރުން ގެންގުޅޭނީ ފޮރުވުމެއް ނެތް ދެ ފުށް ފެންނަ ސިޔާސަތެއް: ސެމްބެ

ad image

ގުޅުންހުރި ލިޔުންތައް


އައު ސަރުކާރާއެކު ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށް ދެއްވައި، މިނިވަން ނޫސްވެރި ކަމަކަށް ޖާގަ ދެއްވާނެ ކަމަށް އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ރޭ އޮތް “ ނޫސްވެރިންގެ ގުންޒަރުގައި” ވާހަކަފުޅު ދައްކަވަމުން ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ އާ ސަރުކާރުން ނޫސްވެރިންގެ އަގު ވަޒަން ކުރާނެ ކަމަށާއި ނޫސްވެރިން ފިއްތާލައިގެން ގެންގުޅުމުގެ ސިޔާސަތެއް ނޯންނާނެ ކަމަށެވެ.
އަދި އިންތިޚާބީ ރައީސް މުއިއްޒަކީ މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ވެސް ނޫސްވެރިންނާއި ގާތްގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ގެންގުޅުއްވީ ފޮރުވުމެއް ނެތް ދެ ފުށް ފެންނަ ސިޔާސަތެއް ކަމަށް ވެސް އިންތިޚާބީ ނައިބް ރައީސް ހުސެއިން ވިދާޅުވިއެވެ.
އިންތިހާބީ ނައިބު ރައީސް ވަނީ ޒިންމާދާރު ނޫސްވެރިކަމެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ