- Advertisement -ad image

ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް އިއުލާން ކުރުން މިރޭ

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރިއަށްގެންދާނެ މަޝްރޫއުތަކާއި، އިންތިހާބުގެ ތެރެއިން ވީ ހުރިހާ ވައުދުތަކެއް ހިމެނޭ “ވައުދު ފޮތް” މިރޭ ލޯންޗުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެގޮތުން މިހާއްސަ ފޮތް ލޯންޗް ކުރާނީ މިރޭ ދަރުބާރުގޭގައި އޮންނަ ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ފޮތާއި ގުޅޭގޮތުން ޑރ މުއިއްޒު ވިދާޅުވީ ރިޔާސީ ޓިކެޓު ލިބުނު ހިސާބުން ފެށިގެން، އިންތިހާބުގެ ދެބުރު ވެސް ރަށްރަށަށް ކެމްޕެއިނަށް ގޮސް ދެއްކި ވާހަކަތައް ހާއްސަ ފޮތެއްގައި ނޯޓުކޮށްފައި ވާނެ ކަމަށެވެ.
“ފުރަތަމަ ދުވަހު ކެންޑިޑޭޓަކަށް ވުމަށްޓަކައި ފޯމު ލީ ދުވަހު ނުކުމެ ނޫސްވެރިންނާ ދެއްކި ވާހަކައިން ފެށިގެން، [އިންތިހާބުގެ] ދެބުރުގައި ދެއްކި ހުރިހާ ވާހަކައެއް، ހުރިހާ ރަށަކަށް ގޮސް، ހުރިހާ ތަނެއްގަ ދެއްކި ހުރިހާ ވާހަކައަކާ، އަދި އިންތިހާބު ކާމިޔާބުވެގެން މިތަނުގައި ދެއްކި ވާހަކައާ ހަމައަށް ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ލިޔެފައިވާ ފޮތެއް،” ބުދަ ދުވަހުގެ ރޭ ލޯންޗުކުރައްވާނެކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ މުއިއްޒު ވިދާޅުވީ އެ ފޮތުގައި ހުރިހާ ވައުދެއް ވެސް ހިމަނާފައިވާނެ ކަމަށާއި އެއީ ރައްޔިތުންނަށް އެއްވެސް ކަމެއް ފޮރުވަން ބޭނުން ނުވާތީ ކަމަށެވެ.
“ކަންކަން ފޮރުވާކަށް ނެތިން، ކަންކަން އަމަލީ ގޮތުން ކުރަން އަޅުގަނޑުމެން މި ނުކުންނަނީ. އަޅުގަނޑުމެންގެ ޓީމު މިއޮތީ ތައްޔާރުވެގެން. ނޫސްވެރިން ތި ތިއްބެވީ އަޅުގަނޑުމެން އެ ފޮތުގައި އޮތް ގޮތަށް ކަން ކުރޭތޯ ބައްލަވަން،” ނޫސްވެރިން ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އިލްތިމާސް ކުރައްވައި ޑރ. މުއިއްޒު ވިދާޅުި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ