- Advertisement -ad image

ޝަރުތުހަމަނުވާ ގިނަ އަދަދެއްގެ ފުލުހުންނަށް ފަހު ވަގުތު ޕްރޮމޯޝަންތައް ބަހާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އެންޓިކޮރަޕްޝަން ކޮމިޝަނުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރާ ހިލާފަށް ޝަރުތުހަމަނުވާ ގިނަ ފުލުހުންތަކެއް ހިމެނޭގޮތަަށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފި އެވެ.

އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކަށް ފަސް ބޭފުޅަކާ އެކު ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައި މިވަނީ ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުންވެސް އެދިފައި ވަނިކޮށެވެ.

ޕްރޮމޯޝަން ލިބުނުކަން އިއްޔެ ވަނީ އެ ފުލުހުންނަށް ލިޔުމުން އަންގާފައެވެ. އަދި މިއަދުވެސް ބައެއް ފުލުހުންނާއި ރަސްމީކޮށް ޕްރޮމޯޝަން ހަވާލު ކުރުމަށް ހަމަޖެހިފައިކަން އެނގިފައިވެއެވެ.
ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށްފަހު މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރިޓަޔާ ކުރައްވަން ވެސް ވަނީ ނިންމަވާފައެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި 200 އެއްހާ ފުލުހުންނަށް ޕްރޮމޯޝަންދީފައިވެއެވެ. ނަމަވެސް ހަމައެކަނި އެސިޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ވެސް ހަތް ބޭފުޅަކު ޕްރޮމޯޓް ކުރެއްވިކަމަށް މައުލޫމާތު ލިބެއެވެ.

އަދި ޗީފް ސްޕްރިޓެންޑެންޓްގެ މަގާމަށްވެސް 8 ބޭފުޅަކު ވަނީ ޕްރޮމޯޓްކޮށްފައެވެ. މީގެއިތުރުން ޗީފު އިނިސްޕެކްޓަރުންގެ ރޭންކަށްވެސް 53 ފުލުހަކު ވަނީ ޕްރޮމޯޓްކޮށްފައެވެ. މިއީ އައު ސަރުކާރުން ފުލުހުންގެ އިސްވެރިއަކަށް އައްޔަނު ކުރާ ބޭފުޅަކަށް ޖެއްސުން ކުރުމަށް ގަސްދުގައި މިސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ހޯދާލުމަށް ފުލުހުންގެ ޓެލިގްރާމް ގުރޫޕުގައި ސުވާލު ކުރުމުންވެސް އަދި ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ