- Advertisement -ad image

ހުކުރު ދުވަހު ހަވީރުވެސް އިސްލާމީ މަރުކަޒުގެ އެއްވެސް ބައެއް ބަންދު ނުކުރުމަށް ޑރ މުއިއްޒު އެދިވަޑައިގެންފި

ad image

ގުޅުންހުރި ލިޔުންތައް


ޖުމުހޫރީ މައިދާނުގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައި، އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިނުގަންނަވާކަން، އިސްލާމިކް މިނިސްޓްރީއަށް އަންގަވާފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބުނީ، ސަލާމަތީ ސަބަބުތަކަށްޓަކައި، 2023 ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ޢަޞުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތު، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ޚާއްސަ ފަރާތެއް ނުވަތަ ދޮރޯށްޓެއް ހަމަޖެއްސެވި ނަމަވެސް، ނަމާދުކުރުމަށް މިސްކިތުގައި ޢާއްމު އުޞޫލުން ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދުނުވާނެ ފަދަޔަކުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށެވެ.

އަދި އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، އިންތިޒާމުތައް ހަމަޖެހިފައިވާނީވެސް މި ފަދައިން ކަމަށާއި ހުކުރު ދުވަހުގެ ޢަޞްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް (އަދި އެއްވެސް ނަމާދު ވަގުތެއްގައި) މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، ބަންދުނުވާނެކަމަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކުރެއެވެ.
އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:45 ގައި ޖުމުހޫރީ މައިދާނުގައެވެ. މިހަފުލާއަށް ހަތަރު ހާހެއްހާ މީހުން ދައުވަތުދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ