- Advertisement -ad image

100 ދުވަސްތެރޭ ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖައްސަނީ

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިންގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކްއަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަށް ނިންމައިފިއެވެ.
ހުކުރު ދުވަހު ރިޔާސީ ދައުރު ފައްޓަވާ ޑރ މުއިއްޒު ވަނީ “ހަފްތާ 14” ގެ ނަމުގައި 100 ދުވަހުގެ ޕްލޭނެއް މިރޭ އިފްތިތާހް ކުރައްވައިފައެވެ. ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި ޕްލޭން ނުވަތަ މަގު ޗާޓްގެ މަސައްކަތްތައް ބަހާލާފައިވަނީ އަށް ދާއިރާއަކަށެވެ.
އެގޮތުން އެ ލިސްޓުގައި ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމައު މި ސުރުހީގެ ދަށުން 17 ވައުދެއް ފުއްދުމަށް އިންތިހާބީ ރައީސް ވަނީ ނިންމަވައިފައެވެ.
މިގޮތުން އެމަނިކުފާނުގެ ފުރަތަމަ 100 ދުވަސްތެރޭ އެއާ އެމްބިއުލާންސް ތައާރަފްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހިމަނާފައިވެއެވެ. އަދި ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓަރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއެއްގެ ތަވާލު އެކުލަވާލައި ތަންފީޒުކުރަން ފަށާނެ ކަމަށް ބުނެފައިވެއެވެ.

އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު 100 ދުވަހުގެ ތެރޭގައި ހަމަޖައްސަން ވެސް ނިންމާފައިވެއެވެ. އަދި ޕްރިވެންޓިވް ހެލްތް ކެއާގެ ނިޒާމް ފުޅާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގައި ބަޖެޓުގައި ހިމަނާނެ ކަމަށް ބުނެފައިވެއެވެ.
ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ހާއްސަ ގައުމީ ހެލްޕްލައިނެއް ތައާރަފުކުރުންވެސް ހިމެނެއެވެ. އަދި އައިވީއެފް ޓުރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާއި ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުންވެސް ފުރަތަމަ 100 ދުވަހުގެތެރޭ ފެށުމަށް ހިމަނާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ