- Advertisement -ad image

އިންތިހާބުތެރޭގައިވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ފަށާނެ: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ ކެމްޕެއިންގެ ތެރެއިން ރައްޔިތުންނަށް ވެފައިވާ ކޮންމެ ވަޢުދެއް ޙާޞިލުވެގެންދާތަން ރައްޔިތުންނަށް ފެނިގެންދާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް މިހެން ވިދާޅުވެފައިވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަން ހިމެނޭ “ހަފްތާ 14 މަގުޗާޓް” އިފްތިތާޙްކުރުމަށް ބޭއްވި ޙަފްލާގައެވެ.

މި މަގުޗާޓު ލޯންޗްކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ޙާއްސަ ހަފްލާއެއްގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ހަފްތާ 14 މަގުޗާޓުގައި މައިގަނޑު 8 ދާއިރާއަކުން 161 ވައުދެއް ވަނީ ހިމަނުއްވާފައެވެ.
މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަގުޗާޓަކީ ފުރަތަމަ 14 ހަފްތާގައި ކުރައްވާނެ ކަންކަން ކަމަށެވެ. ނަމަވެސް މިއީ ހަމައެކަނި ކުރައްވާނެ ކަންކަން ނޫންކަމަށެވެ. ބަޖެޓާއި ޢާމްދަނީ ހޯދޭ ގޮތާއި އެކީގައި 14 ހަފްތާގެ ޕްލޭންގައި ހިމެނޭ ކަންކަމުގެ އިތުރަށްވެސް ކަންކަން ކުރެވިގެންދާނެކަމަށް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފައެވެ.

ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ފަށްޓަވާނެކަމުގެ ޔަޤީންކަންވެސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ. އަދި ރެއާއި ދުވާލު ކުރައްވާނެ މަސައްކަތަކީ ނަތީޖާ ނެރެދިނުންކަމަށާއި، އެކަންކަން ރައްޔިތުންގެ ލޯމަތިން ފެނިގެންދާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ