- Advertisement -ad image

ހުވާގެ ދަރުބާރުގައި ހެޑް އޮފް ސްޓޭޓް ލެވެލްގައި ބައިވެރިވެވަޑައިގަންނަވަނީ ސްރީލަންކާގެ ރައީސް

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ހެޑް އޮފް ސްޓޭޓް ލެވެލްގައި ބައިވެރިވެވަޑައިގަންނަވާނީ އެންމެ ބޭފުޅެއްކަމަށާއި އެއީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މި ރަސްމިއްޔާތުގައި 46 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެއެވެ. މީގެތެރޭގައި އެ ޤައުމުތަކުގެ އެކި ލެވެލްތަކުގެ ފަރާތްތައް ހިމެނިވަޑައިގަންނަވައެވެ.
2 ޤައުމެއްގެ ނައިބު ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު އެއީ ސީޝެލްސްގެ ނައިބް ރައީސް އަޙްމަދު އަފީފާއި، ޗައިނާގެ ރައީސްގެ ސްޕެޝަލް އެންވޯއީ ޝެން ޔީޖިންއެވެ. އޭނާއަކީ އެ ޤައުމުގައި ނައިބް ރައީސް ފެންވަރުގެ ބޭފުޅެކެވެ. އަދި މި ރަސްމިއްޔާތުގައި 12 ޤައުމަކުން ވަޒީރު ފެންވަރުގެ ބޭފުޅުން ބައިވެރިވާނެއެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 46 ޤައުމަކުން ބައިވެރިވެވަޑައިގަންނަވާއިރު މީގެތެރޭގައި އެމެރިކާ، ޔޫރަޕް، އެފްރިކާ، އޭޝިއާ، ސައުތު އޭޝިއާ އަދި ސާރކް ސަރަހައްދުގެ ޤައުމުތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ