- Advertisement -ad image

ޑރ މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ދިވެހި ޖުމްހޫރީއްޔާގެ 8 ވަނަ ރައީސް، ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް މަޤާމުގެ ހުވާކުރައްވައިފިއެވެ.

ޑރ.މުޙައްމަދު މުޢިއްޒާއި، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް މަޤާމުގެ ހުވަކުރެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާއެއްގައެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ޖަލްސާއެއް ބާއްވަވާ މަޤަމާއި ޙަވާލުވެވަޑައިގަތް ރައީސުލްޖުމްހޫރިއްޔާއަކީ ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނާއި ނައިބު ހުވާކުރެއްވުމުގެ ޖަލްސާގައި ބައިވެރިވުމަށް ބޭރު ޤައުމުތަކުގެ އިސް ބޭފުޅުންވަނީ ވަޑައިގަންނަވާފައެވެ.

ހަމައެއާއެކު މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވި މި ޖަލްސާއަށްވަނީ 3500 ބޭފުޅުންނަށް ދަޢުވަތު އަރުވާފައެވެ. އަދި ޢާއްމުންގެ ތެރެއިން 1000 ފަރާތަކަށްވަނީ ހުޅުވާލައިގެން ދަޢުވަތު އަރުވާފައެވެ.
ޑރ.މުޢިއްޒު ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބު ވެވަޑައިގަތީ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެބުރުގައިވެސް ބޮޑު އަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ