- Advertisement -ad image

ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން: ސަރުކާރު

ad image

ގުޅުންހުރި ލިޔުންތައް

ޑޮނިއާއާއި ދެ ހެލިކޮޕްޓަރު ދުއްވުމާއި ގުޅުންހުރި މަސައްކަތްތަގައި އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބިކަމަށް، މިހާތަނަށް ހޯދުނު ހޯދުމުން އިނގިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. 

އައު ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ފަށްޓަވާފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ. އެގޮތުން އެންމެ މުހިންމު ވަޢުދެއްގެ ގޮތުގައި، ރާއްޖޭގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފަށްޓަވާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. 

ސަރުކާރުގެ ފުރަތަމަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެކަން ރަސްމީކޮށް އިންޑިއާ ސަރުކާރަށް ދަންނަވާ މަޝްވަރާތައް ފަށްޓަވާފައެވެ. 

އައު ސަރުކާރު ހަވާލުވެވަޑައިގެން، ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބި ޢަދަދުގެ ބައެއް މަޢުލޫމާތު ސާފުވެފައިވާކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ޤާއިމުވެފައި ތިބިކަން ދެނެގަނެވިފައިވާކަމަށެވެ.

ފިރުޒުލް ވަނީ، ސިފައިން ޤާއިމުވެ ތިބީ ކޮން މަސައްކަތްތަކަކަށް، ކިހާ ޢަދަދަކަންވެސް ސާފުކޮށްދެއްވާފައެވެ. 

އެގޮތުން ސާފުވެފައިވާ މިންވަރަށް ބަލާއިރު، އިންޑިއާއިން ހަދިޔާކުރި 1 ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތުގައި 24 ސިފައިން، 2 ވަނަ ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތުގައި 26 ސިފައިން އަދި ޑޯނިއާ މަތިންދާބޯޓު ދުއްވުމުގައި 24 އިންޑިއާ ސިފައިން ހަރަކާތްތެރިވާކަން ހާމަވެފައިވާކަމަށެވެ. އަދި މެއިންޓަނަންސްއާއި އިންޖިއަރިންގެ މަސައްކަތުގައި 2 ސިފައިން މަސައްކަތް ކުރާކަމަށެވެ.

ފިރުޒުލް ވިދާޅުވީ، ސިފައިން ތިބި މިންވަރާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. މިހާތަނަށް ހާމަކޮށްފައިވަނީ މިވަނީ، މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާ އިނގުނު ޢަދަދުތައްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ޑޮނިއާއާއި ދެ ހެލިކޮޕްޓަރު ދުއްވުމާއި ގުޅުންހުރި މަސައްކަތްތަގައި އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބިކަމަށް، މިހާތަނަށް ހޯދުނު ހޯދުމުން އިނގިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ