- Advertisement -ad image

ފްލެޓުތަކާއި ގޯތިތަކަށް ހުށައަޅަފައިވާ ޝަކުވާތަކަށް ބަލައި ލިސްޓު ރިވިއުކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ކުރީ ސަރުކާރުން ދޫކުރި ފްލެޓުތަކާއި ގޯތިތަކަށް ހުށައަޅަފައިވާ ޝަކުވާތަކަށް ބަލައި ލިސްޓު ރިވިއުކުރައްވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިގޮތަަށް ވިދާޅުވީ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީ ސަރުކާރުން ދޫކުރި ގޯތިތަކާއި ފްލެޓުތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ ކުރީ ސަރުކާރުގައި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތިދީ، ގޯތީގެ ރަޖިސްޓްރީ ދީފައިވީނަމަވެސް، އޭގެތެރޭގައި ބިން ނެތް ތަންތަންވެސް ހިމެނޭކަމަށެވެ. ޤާނޫނާއި ޤަވާއިދު ބަޔާންކުރާގޮތުގައި ގޯތި ދެވޭނީ ބިން އޮތްތަނަކުންކަމަށާއި، އެހެންކަމުން އެކަމުގައި އޮތް ޤާނޫނީ ބުރަދަނާމެދު ވަޒީރު ސުވާލު އުފެއްދެވިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން ދޫކުރި ގޯއްޗާއި ފްލެޓުތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން ދޫކޮށްފައިވާ ގޯތީގެ ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދެމެދުވެސް ފްލެޓާއި ގޯތި ދޫކޮށްފައިވާކަމަށެވެ. އެގޮތުން ފްލެޓު ދޫކުރުން ހުއްޓާލުމަށް އޭސީސީން އޭރުގެ ސަރުކާރަށް އަންގާފައިވާކަމަށާއި، ނަމަވެސް އެ އެންގުމާ ޚިލާފަށް ފްލެޓު ދޫކޮށްފައިވާނަމަ އެއީ މިނިވަން މުއައްސަސާއަކަށް ނުކިޔަމަންތެރިވުންކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރީ ސަރުކާރުން ފެލެޓު ދޫކޮށްފައިވާ ގޮތަށް ހަތްހާހަށްވުރެ ގިނަ ޝަކުވާ ހުށައަޅަފައިވެއެވެ. ވަޒީރު ވިދާޅުވީ، ސަރުކާރުން މިވަގުތު މަޑުކުރަނީ އޭސިސީގެ ލަފައަކަށްކަމަށާއި، އެކަންކަމަށްބަލައި އެ ފްލެޓުތަކުގެ ލިސްޓުރިވިއުކުރަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ފްލެޓު ދިނުމަށް ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 13000އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތުހަމަވާކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި މީގެތެރެއިން ފުރަތަމަ ފްލެޓްލިބޭ ހަތަރުހާސް މީހުންގެ ލިސްޓްވެސް ސަރުކާރުން ވަނީ އާއްމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ