- Advertisement -ad image

ލައިބްރަރީތަކުގައި ހުރި ދީނާ، ފުށުއަރާފަދަ ފޮތްތައް ނަގަން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


ސްކޫލްތަކުގެ ލައިބްރަރީތަކުގައި ހުރި އިސްލާމްދީނާއި، ދިވެހިންގެ އާދަކާދައާ ފުށުއަރާފަދަ ފޮތްތައް ނަގަން އެޑިޔުކޭޝަން މިނިސްޓަރު އަންގަވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސޮއިކުރައްވައި ހުރިހާ ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތް އަދި އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމްދީނާއި، ދިވެހިންގެ، އާދަކާދަތަކާ ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ސްކޫލުތަކުގެ ލައިބްރަރީތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ފޮތް އަދި އެހެނިހެން ވަސީލަތްތަކަކީ އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރު ކުރުމަށް އެ ސާކިއުލަރގާ ބުނެފައިވެއެވެ.

އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ސްކޫލުތަކަށް ހަދިޔާކުރާ ފޮތް ފަދަ ތަކެތި ލައިބްރަރީގައި ބޭނުން ކުރުމުގެ ކުރިން އެފަދަ ތަކެއްޗަކީ ދަރިވަރުން ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރު ކުރުމަށާއި ސްކޫލްގެ ލައިބްރަރީގައި، އިސްލާމްދީނާއި، ދިވެހިންގެ ސަޤާފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ އެއްވެސް ފޮތެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ހުރިނަމަ، އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން އެފަދަ ތަކެތި ނައްތާލުމުގެ އިންތިޒާމު ކުރިއަށް ގެންދެވުމަށް އެ ސަރކިއުލާގައި މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.
އެޑިއުކޭޝަނުން މިގޮތަށް ސާރކިއުލަރ އެއް ނެރެފައި މިވަނީ ޖަމާލުއްދީން ސްކޫލްގެ ލައިބްރަރީގައި އެކި ދީންތަކުގެ ވާހަކަތައް ހުރި ފޮތްތަކެއްގެ ފޮޓޯތައް ސޯޝަލްމީޑިއާގައި އާއްމުވުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ