- Advertisement -ad image

ރައީސްގެ ވައުދާއި އެއްގޮތަށް ހިޔާ ފްލެޓް ފިނިޝިން ހަރަދު ދޭނެ: އެމްޑީ ފަޒުލް

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓް ފިނިޝިންއަށް ފްލެޓްވެރިން އަތުން ހަރަދުވި ކަމަށް ބެލެވޭ ބައި މި ސަރުކާރުން ދޭނެ ކަމަށް އަރބަންކޯގެ މެނޭޖިން ޑައިރެކްޓަރ ފަޱުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓް ފިނިޝިންއަށް ހަރަދުވި ދެލައްކަ ރުފިޔާ ނުދޭން ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ދޮގު ހަބަރު ފަތުރާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންނެވެ.
ރަންޔިތުންގެ ކަންބޮޑުވުން މިކަމުގައި އޮތުމުން މިއަދު އަރބަންކޯގެ އެމްޑީ ކަމާއި ހަވާލުވެވަޑައިގެން ފަޒުލް ވިދާޅުވީ ރައީސްގެ ވައުދާއި އެއްގޮތަށް ހިޔާގެ ފިނިޝިންގެ ހަރަދު އަނބުރާ ލިބޭނެ ކަމަށެވެ.
އަދި ބައެއް ނޫސްތަކުން ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ ރައީސް ޑރ މުއިއްޒު ވައުދުވި ގޮތަށް ހިޔާ ފްލެޓް ހަދަން ހަރަދުކުރި ފައިސާ ހިޔާ ފްލެޓްގެ ވެރިންނަށް ލިބޭނެ ކަން ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތައް ހެދުމަށް އާންމުންގެ އަތުން ދިޔަ ހަރަދުގެ އެވަރެޖު އަގެއް ހެދުމަށްފަހު، އެ އަގު އެ ރައްޔިތުންނަށް ދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ސާބަހޭ ރައީސް ޑރ. މުއިއްޒު އަދި އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު މީހުންފަތުރާދޮގު ޚަބަރު ެަޅުގަޑުމެން އަހަންބޭނުމެއްނުވޭ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ