- Advertisement -ad image

ތަފާތު ސިޓީއެއް ފޮނުވާ ކަންބޮޑުވުން ފާޅުކުރި މަސްވެރިޔާއަށް މިނިސްޓަރު ދެއްވީ އުއްމީދު!

ad image

ގުޅުންހުރި ލިޔުންތައް


ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމަށް އެޑްރެސްކޮށް، ރާއްޖޭގެ މަސްވެރިއަކު “ތަފާތު” ސިޓީއެއް ލިޔެ މީސްމީޑިޔާއަށް ދޫކޮށްލައިފިއެވެ.

މަސްވެރިންގެ ފަރާތުން އެ އާއިލާތަކުގެ އުދާސްތައް ބަޔާންކޮށް ލިޔެފައިވާ ސިޓީގައި، ނިމިދިޔަ ރިޔާސީ އިންތިހާބުގައި މަސްވެރިންނާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަފުޅުތަކާއި، ވެވަޑައިގެންފައިވާ ވަޢުދުތައް ހަނދާންކޮށްދީފައިވެއެވެ.
“ އަޅުގަނޑުމެން މަސްވެރިން މި ތިބެނީ އަނގަޔާ އަތާ ދިމާނުވެއެވެ. ކުދިންގެ ޓިއުޝަންފީ އަދި އިންޓަރަވަލް، ޤުރުއާން ކުލާސްތަކުގެ ފީ، ބިލްތައް ނުދެއްކިފައެވެ. ނަމަވެސް މަނިކުފާނަށް ދަޢުލަތުގެ ހަޒާނާއިން ދަނީ ހުރިހާ އިނާޔަތެއްވެސް ލިބެމުންނެވެ” ސިޓީގައި ލިޔެފައިވެއެވެ.
މި ސިޓީގެ ރައްދުގައި މިނިސްޓަރ ޝިޔާމު ވިދާޅުވީ މީސްމީޑިޔާ މެދުވެރިކޮށް ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސުލްޖުމުހޫރިއްޔާވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއްކަމުގައެވެ. އަދި މީސްމީޑިޔާ މެދުވެރިކޮށް އެތައް މަސްވެރިއެއްގެ ޙައްޤުގައި އަޑުއުފުއްލެވީތީ ވަރަށް އުފާ ކުރައްވާ ކަމަށާއި ދައްކާ ވާހަކަ ހަނދާންނައްތާލާނެ ބައެއްނޫންކަން މިނިސްޓަރ ޔަޤީންކަން ދެއްވިއެވެ.
“ މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގައި އަޅުގަނޑުމެން ލަސްތަކެއްނުވެ ހޯދާނަން إن شاءالله. ޖިނައްޕެއަށް ގުޅާލުމުން ހިއްސާކުރެއްވި ވާހަކަފުޅަކީ މުހިއްމު ވާހަކަފުޅެއް އަދި އެކަމަށް ނިމުމެއް ގެނެވޭނެ. ގިނަކަންކަމަކީ ވާހަކަ ދައްކައިގެން ހައްލުހޯދޭނެ ކަންކަން “ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ