- Advertisement -ad image

ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ޖެހިޖެހިގެން 4 ވަނަ ފަހަރަށް ރާއްޖެއަށް

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިން ދޭ އެންމެ ޝަރަފުވެރި އެވޯޑު “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ޖެހި ޖެހިގެން ހަތަރުވަނަ ފަހަރަށް ރާއްޖެއިން ހޯދައިފި އެވެ.

މި އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއިން ހާސިލްކޮށްފައިވަނީ ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ގައި ދުބާއީ، އިންޑޮނޭޝިއާ، ނިއުޒީލެންޑް، ސްޕެއިން، އަދި ވިއެޓްނާމް ފަދަ ދުނިޔޭގެ މަޝްހޫރު 17 މަންޒިލަކާ ވާދަކޮށްގެންނެވެ.
ރޭ މި އެވޯޑު ހަފުލާ ބާއްވާފައިވަނީ ދުބާއީގެ ބުރޫޖު އަލް އެރެބް ހޮޓެލްގަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އިވެންޓުގައި ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން 2023 ހޯދުމުގެ އިތުރުން އެމްއެމްޕީއާރުސީއިން ވަނީ ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް 2023 ގެ ޝަރަފު ކާމިޔާބުކޮށްފައެވެ. މިއީ ޖެހިޖެހިގެން މި ޝަރަފުވެރި އެވޯޑު އެމްއެމްޕީއާރުސީން
ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ގެ އިތުރުން ރާއްޖޭގެ ހަތް ރިސޯޓަކަށްވެސް ވަނީ އެވޯޑް ލިބިފަ އެވެ.

ޑަބްލިއުޓީއޭއިން ރާއްޖެއަށް ލިބުނު އެވޯޑްތައް
ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް 2023 – ހުޅުލެ އައިލެންޑް ހޮޓެލް
ވޯލްޑް ލީޑިން ބުޓީކް އެއާޕޯޓް ހޮޓެލް 2023 – ހޮޓެލް ޖެން މާލެ ބައި ޝަންގްރިއްލާ، މޯލްޑިވްސް
ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް 2023 – ޖޭއޭ މަނަފަރު
ވޯލްޑް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް 2023 – ވައްކަރު މޯލްޑިވްސް
ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2023 – ވޮއްމުލި ރިސޯޓް
ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް 2023 – ވެލާ ޕްރައިވެޓް އައިލެންޑް
ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް 2023 – އެމަރަލް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
ވޯލްޑް މޯސްޓް ރޮމޭންޓިކް ރިސޯޓް 2023 – ބަރޮސް މޯލްޑިވްސް

އަދި މިއަހަރު ޑަބްލިއުޓީއޭ އެވޯޑްސްއަށް އަލަށް ތައާރަފްކުރި ގްލޯބަލް ޓޫރިޒަމް ރެސިލިއެންސް އެވޯޑް ވެސް ރާއްޖެއަށް ލިބިފައިވެއެވެ. މިއީ ސްޓްރެޓެޖިކް ގޮތެއްގައި ކެޕޭސިޓީ ބިނާކޮށްގެން ޑިސްޓްރަޕްޝަންތަކުން ހަލުވިކަމާއެކު އަރައިގަތުމުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ކުރީ ސަފުގައި ނަގާކިޔާލެވޭ 5 ޑެސްޓިނޭޝަން ނުވަތަ ގައުމަކަށް ދޭ އެވޯޑެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ