- Advertisement -ad image

އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެއްޖެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެގައުމުން އެއްބަސްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީވިލާތަށާއި، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގަތީ ނޮވެމްބަރުމަހުގެ 18ވަނަ ދުވަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިިއްޔާއާއި، އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، މިސްޓަރ ކިރެން ރިޖިޖޫ އާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާނެ އެއްވެސް ކަމަކަަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރެވުނު މަސައްކަތަކާއެކު އެޤައުމުގެ ސިފައިން އަނބުރާ ގެންދާނެ ކަމަށް އެޤައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“މިއަދާއި ހަމައަށް ކުރެވުނު ހުރިހާ މަސައްކަތުން އިންޑިއާ ސަރުކާރުން އެއްބަސްވެފައިވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް، ޓެކްނިކަލް ލެވަލްގައި މަސައްކަތް އެބަ ކުރިއަށްދޭ، މިހާރު އެއްބަސްވެފައިމިވަނީ ހައި ލެވަލްގެ ކޮމެޓީއެއް އެކުލަވާލަން، މަޝްރޫޢުތައް ކުރިއަށްގެންދިިޔުމަށް ހުރި މައްސަލަތައް ހައްލުކުރުމަށް،” ރައީސް ވިދާޅުވިއެވެ.
އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރުމަށްޓަކައި “ކޯ ގްރޫޕެއް” އެކުލަވާލަން ނިންމަވައިފައިވަނީ ރައީސް ޑރ.މުޢިއްޒުވަނީ ކޮޕް28ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރަނީ ޑިޕްލޮމަސީގެ ރީތި އުސޫލުތަކުގެދަށުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ