- Advertisement -ad image

މީހުންގެ ފާޑުކިއުން ލިބުނުނަމަވެސް، އޮފިސަރުންގެ ޤައުމީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއެކު ދެމިތިބެންޖެހޭ: ސީޕީ ޒަރީރު

ad image

ގުޅުންހުރި ލިޔުންތައް

މީހުންގެ ފާޑުކިއުން ލިބުނުނަމަވެސް، އޮފިސަރުންގެ ޤައުމީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއެކު ދެމިތިބުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އެދިވަޑައިގެންފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޖަލުގައި ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ޒަރީރު ވިދާޅުވީ، އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ވަރުގަދަ ޤައުމީ މަސައްކަތެއްކަމަށާއި ރެއާ ދުވާލު ވަރަށް އޯގަނައިޒްޑްކޮށް މަސައްކަތް ކުރަމުންދާއިރު، ބޮޑު ގުރުބާނީއެއް ވަމުންދާކަމަށެވެ. އޯގަތެރިކަމާއެކު ޤައިދީންނާއި ބަންދު މީހުންނާ މެދު އޮފިސަރުން ޢަމަލުކުރަމުންދާކަން ފާހަގަކުރެއްވުނު ކަމަށް ކޮމިޝަނަރ ވިދާޅުވަމުން ފާހަގަކުރެއްވީ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބަލަމުންދާ ހިނދެއްގައި، ހެދިފައިވާ މުއާހަދާތަކާ އެއްގޮތަށް މަސައްކަތްކުރުމަށް މޭ އައްޑަނައަކަށް ހަދައިގެން، ފުރާނަ އަތްމައްޗަށް ނަގައިގެން ޤައުމީ ވާޖިބު އަދާކުރަމުންދާކަމަށެވެ.

ޖަލުތަކުގެ ޙާލަތަށް އިޝާރާތްކުރައްވާ ކޮމިޝަނަރ ފާހަގަކުރެއްވީ ޖަލުތަކުގެ ސްޓްރަކްޗަރ އަދުގެ ފެންވަރަށް ގެނެވުމުގެ މަސައްކަތް ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައިވާ ކަމަށާއި އުމްރާނީ ވަޞީލަތްތައް އެކަށީގެންވާ ވަރަށް ޤާއިމުކުރެވިފައި ނުވާހިނދު، ޤައިދީންނާއި ބަންދުމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި އެމްބިއުލާންސް ނެތި، އެހެން އެއްގަމު އަދި ކަނޑުގެ އުޅަނދުތައް އެކަށީގެންވާރަށް ނެތްކަން ފާހަގަކުރެއްވިއެވެ. މި މުވައްސަސާއަށް ކުރިމަތިވެފައިވާ މިފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ