- Advertisement -ad image

މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައްހާސް ބަޔަކަށް ބޮޑު ލުޔެއް، ހިޔާ ފުލެޓްތަކުން ނަގާ ކުލި ކުޑަކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ފުލެޓްތަކުން ނަގާ ކުލި ކުޑަކުރަން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުރެއްވި އަގުތައް ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް އަތޮޅު ތެރޭގައި ހުރި ހައުސިން ޔުނިޓްތަކުގެ އަގުތައް 3333 ރުފިޔާއަށް ކުޑަކުރައްވާފައިވާކަމަށެވެ. މިކުލިތައް ރައީސް ކުޑަކުރެއްވީ ކުރިއަށް އޮތް 20 އަހަރު ދުވަހަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުގައި ކުރިން 2500އަށް ކުލި ދައްކާ ހައުސިންގ ޔުނިޓްތައް ހުރިކަމަށާއި މިތަންތަނުގެ ކުލި ހަމަ ހުންނާނީ ހަމައެގަގުގައި ކަމަށެވެ.

ހަމަ މިއާއިއެކު ރައީސް ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް ނިންމަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

“ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޙަރަދުގެ އަގު ކުޑަކުރައްވުން އެއީ އަޅުގަނޑު ވައުދު ވެވަޑައިގެންނެވި ކަމެއް އެކަންވެސް މިއަދު މިވަނީ ނިންމަވާފައި، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދުގެ އެވްރެޖް އަގެއްގޮތުގައި 200000 (ދެލައްކަ) ރުފިޔާ ކަނޑައިދެއްވާނެ ކަމަށް ވިދާޅުވިން، މިއަދު މިނިންމީ އެނިންމުން ފްލެޓްތަކުގެ އަގުން އުނި ކުރާގޮތައް މިހާރު މިވަނީ ނިންމަވާފައި. 7 އަހަރު ދުވަހަށް ކުރިން ދަންކަން މިއޮތީ 5700 ރުފިޔާ، ދެން ދައްކަން ޖެހޭނީ 3984 ރުފިޔާއަށް ކުޑަވަނީ ކުރިއަށް އޮތް ހަތްއަހަރު ދުވަހަށް، ބަޖެޓަށް އެއްވެސް ބުރައެއް މިކަމަކުން ނާންނާނެ. އެކަންކަމަށް ވަރަށް ރަނގަޅަށް ދިރާސާ ކުރެއްވުމަށްފަހު މިކަން މިނިންމީ މިކަމުގެ ފައިދާ ކުރާނީ ސީދާ ރައްޔިތުންނަށް” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު %50 އަށް ކުޑަކޮށް މިހާރު ދައްކަމުންދާ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ކުޑަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ