- Advertisement -ad image

ހިޔާފްލެޓްތަކުގެ ކުލީގެ ތެރެއިން ލައްކައެއްހާ ރުފިޔާ މާފުކޮށްދީފި

ad image

ގުޅުންހުރި ލިޔުންތައް


ހިޔާފްލެޓްތަކުގެ ކުލީގެ ތެރެއިން ލައްކައެއްހާ ރުފިޔާ މައާފުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކައެއްހާ ރުފިޔާގެ ފައިސާ، 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް އިއްޔެ ނިންމަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ކުޑަކުރައްވަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވަނީ އިތުރަށް ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން 7 އަހަރަށް ކުލި ކުޑަކުރުމުން، ފައިސާ ދައްކަންޖެހޭ މުއްދަތުވެސް ކުޑަވެފައިވާކަމަށް ފަޒުލް ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން ރައީސް ވިދާޅުވިގޮތަށް ޖުމްލަ ދެލައްކައެއްހާ ރުފިޔާގެ ޑިސްކައުންޓެއް މިހާރު ފްލެޓްތަކުގެ ވެރިންނަށް ލިބޭނެއެވެ.

ފަޒުލް ވިދާޅުވީ 7 އަރަށް ބަހާލައިގެން ކުލި ކުޑަކުރުމުން ހަމަވަނީ، ލައްކައެއްހާ ރުފިޔާކަމަށެވެ. ނަމަވެސް ކުރިން ކުލި ދައްކަންޖެހޭ 27 އަހަރު، 26 އަހަރަށް ބަދަލުކުރެއްވުމުން އިތުރު ލައްކައެއްހާ ރުފިޔާ އިތުރަށް މަޢާފުވެފައިވާކަމަށް ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ. 

“މި ބަދަލާއެކު އެގްރިމަންޓްތައް މުރާޖަޢާ ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ކުރިން 27 އަހަރާއި އިތުރު މަސްތަކަކަށް ކުލި ދައްކަން ޖެހޭގޮތަށް އޮތީ. މިހާރު ގެނައި ބަދަލުން ދެން ކުލި ދައްކަންޖެހޭނީ 26 އަހަރާއި 3 މަހު. އެހެންވީމަ އެއީ ވަގުތުން ވަގުތަށް ލިބިގެންދިޔަ ޑިސްކައުންޓް.” ފަޒުލް ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ މިހާރުގެ އަގަކީ 2.25 މިލިއަން ރުފިޔާއެވެ. ނަމަވެސް މި ގެނައި ބަދަލާއެކު ޖުމްލަ އަދަދުން ދެލައްކައެއްހާ ރުފިޔާ މަޢާފުވެގެންދެއެވެ.

ކުލި ކުޑަކުރި 7 އަހަރުގެ މުއްދަތު ހަމަވުމުން ދެން ގެންނާނެ ބަދަލުތައް، ދިރާސާ ކުރުމަށްފަހު ހާމަކުރައްވާނެކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ. ފަޒުލް ވިދާޅުވީ ސަރުކާރުން ގެންނަ އެއްވެސް ބަދަލަކީ ރައްޔިތު މީހާއަށް ބުރައަކަށްވާނެ ބަދަލަކަށް ނުވާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ