- Advertisement -ad image

މަސްވެރިންނަށް މުހިއްމީ ފައިސާ ލިބޭނެ އަވަސް އިންތިޒާމެއް ހަމަޖެހުން، މަސައްކަތްކުރަނީ އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް

މަސްވެރިކަމުގެ ސިނާޢަތަށް ޖުމްލަ ޙައްލެއް ގެންނަވާނީ، ހުރިހާ ބާވަތެއްގެ މަސްވެރިކަންވެސް ހިމެނޭގޮތަށްކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާއަތަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިން ކިރުވާފައިވާ މަހަށް ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ނުދެވި ހުރި ފައިސާގެ ތެރެއިން މިހާތަނަށް 136 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މަސްވެރިންނަށް މުހިއްމީ ފައިސާ ލިބޭނެ އަވަސް އިންތިޒާމެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު ވަނީ ރާއްޖޭގައި ތަފާތު އެކި ބާވަތްތަކުގެ މަސްވެރިކަން ކުރާ ފަރާތްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށްވެސް ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ވުޒާރާގެ މެންޑޭޓަށް ގެނެސްފައިވާ ބަދަލާއެކު އިތުރު ދާއިރާތައް ހޯދާ އޭގެ މަންފާ ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ