- Advertisement -ad image

ފޮނަދޫ ދާއިރާގެ މަޖިލީހަށް ވާދަކުރައްވާކަން އަދުރޭ އިއުލާނު ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މުޝީރު، ޢަބްދުއްރަހީމް ޢަބްދުﷲ ވާދަކުރައްވަން ނިންމަވައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޗެއަރޕާސަންކަންވެސް ކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި އެ ދާއިރާގެ ރައްޔިތުންގެ ތާޢީދަށް ޢަބްދުއްރަޙީމް ވަނީ އެދިވަޑައިގެންފައެވެ.

ފޮނަދުއަށް އުފަން ޢަބްދުއްރަހީމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި އެދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އެއީ 17 އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ޢަބްދުއްރަހީމް ވާދަކުރެއްވިއެވެ. ނަމަވެސް އެފަހަރު އިންތިޚާބު ކާމިޔާބުކުރެއްވީ މިހާރުގެ މެންބަރު މޫސާ ސިރާޖެވެ. މުސާ ސިރާޖަކީ މިހާރުގެ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ