- Advertisement -ad image

ފަރަށްއެރި ބަހާދަރު ބޯޓަށް އެމްއެންޑީއެފުން އެހީވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މާލެއިން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި “ބަހާދަރު” ބޯޓުގައި ތިބި މީޙުންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބޯޓުގެ 10 ފަޅުވެރިންނާއި، 6 އަންހެނުންނާއި، 6 ކުޑަކުދިން ހިމެނޭހެން ޖުމުލަ 58 މީހުންނާއެކު ދަތުރުކުރަމުންދިޔަ “ބަހާދަރު” ބޯޓު، ފަރަށް އެރީ ނ.ދެކަނަންފަރު ކައިރިންނެވެ. އެމްއެންޑީއެފުން ބުނީ “ބަހާދަރު” ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 02:30 އެހާއިރު ކަމަށެވެ. އަދި ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާރޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، “ބަހާދަރު” ބޯޓުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޯޓު އޮތް ސަރަހައްދަށް ހާބަރކްރާފްޓް 116 ދިޔަ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ. މިގޮތުން މިއަދު ފަތިހު ބޯޓު އޮތް ސަރަހައްދަށް ގޮސް ބޯޓުގައި ތިބި މީހުންގެ ތެރެއިން 17 މީހުން ހާބަރކްރާފްޓަށް ނަގައިގެން ހެނދުނު 06:08 ހާއިރު ވަނީ އެ މީހުން ށ.ކޮމަންޑޫއަށް ގެންގޮސްދީފައެވެ.

“ބަހާދަރު” ބޯތުގައި މިހާރު 10 ފަޅުވެރިން މަޑުކޮށްގެން ތިބިއިރު، ބާކީ 31 މީހުން “ފްލައިންގް ފިޝް 17” ނަމަކަށް ކިޔާ ދޯންޏެއްގައި ހދ.ކުޅުދުއްފުއްޓަށް ގެންދިއުމަށް ދަނީ ދަތުރު ކުރަމުންނެވެ. ފަރަށް އަރާފައިވާ “ބަހާދަރު” ބޯޓޫ ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ